ބިސްގަނޑެއް އަޅައި ނުދިން ކަމަށް ބުނެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ސްރީލަންކާގެ މީހާގެ މައްސަލަ އަންނަ އޮކްޓޫބަރު މަހު ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ބިދޭސީ ޝެފަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

Ad
rt

ދައުލަތުން ބުނާގޮތުން އޭނާ މަރާލި ބިސްގަނޑެއް އަޅައިދޭން އެދުމުން އެކަމަށް ދެކޮޅު ހެދުމުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އެ މައްސަލަ ބާރު ސްޕީޑްގައި ކުރިއަށް ނުދާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އަންނަ އޮކްޓޫބަރު މަހު މައްސަލަ ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި މިއަދު ވަނީ އެ މީހާ މަރާލި ސަރަހައްދުގައި އުޅުނު ފުލުހެއްގެ ހެކިބަސް ނަގައިފަ އެވެ.