އެޕަލް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގައި އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ގާބިލުކަމަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވެއެވެ.
ޑަބްލިއުޑަބްލިއުޑީސީ 2024 ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު ޕެސިފިކް ގަޑިން ހެނދުނު 10:30 ގައި ކީނޯޓް ތަގުރީރަކުންނެވެ. މި އިވެންޓް އެޕަލްގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިވެލޮޕަރުންނާއި ފޭނުންނަށް ލައިވްސްޓްރީމް ކުރާނެއެވެ.
ޑަބްލިއުޑަބްލިއުޑީސީއަކީ މައިގަނޑު ގޮތެއްގައި ޑިވެލޮޕަރުންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެއްސެއް ނަމަވެސް، މި އަހަރުގެ ޝޯކޭސް އަކީ އެޕަލްގެ ސޮފްޓްވެއާ އިކޯސިސްޓަމްގައި ޖެނެރޭޓިވް އޭއައި އިންޓަގްރޭޓް ކުރާނެ ކަމަށް ބެލެވޭ ޝޯކޭސްއެކެވެ.
އައިއޯއެސް 18: އޭއައި އެވްރީވެއާ
އައިއޯއެސް 18 ވެގެންދާނީ މުޅި މޮބައިލް އޮޕަރޭޓިން ސިސްޓަމްގައި އޭއައި ގެ އެހީތެރިކަން ވަރަށް ބޮޑަށް އިންޓަގްރޭޓްކުރާ ބޮޑު އަޕްޑޭޓަކަށް ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. ވެބް ބްރައުޒާއިން ފެށިގެން ފޮޓޯސް އެޕްލިކޭޝަނާ ހަމައަށް އުފެއްދުންތެރިކަން އިތުރުކުރުމަށް އޭއައި ޕަވާޑް ފީޗާތައް ފެންނާނެ ކަމަށް އުންމީދު ކުރެވިދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އައިއޯއެސް 18 ގައި ޗެޓްޖީޕީޓީ އާއި ކްލައުޑް ފަދަ ޖެނެރޭޓިވް އޭއައި ކެޕޭބިލިޓީސް ހިމެނޭނެ ކަމަށާއި އޭގެ ސަބަބުން ޓެކްސްޓް، ފޮޓޯ، ކޯޑް ސްނިޕެޓްސް އަދި ގުދުރަތީ ކޮންވަޒޭޝަނަލް ޕްރޮމްޕްޓްތައް މެދުވެރިކޮށް އިތުރު ތަކެތި އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން އޭއައި ޑްރައިވް ކުރާ އެހެން ފީޗާތަކުގެ ތެރޭގައި ޕާސަނަލައިޒްޑް އޭއައި އެވަޓާތަކާއި އިމޯޖީތައް އުފެއްދުމުގެ ގާބިލުކަމާއި ވޮއިސް މެމޯ ޓްރާންސްކްރިޕްޝަން އަދި ބައްދަލުވުންތައް ނުވަތަ ލިޔުންތައް ސާމްޕްރައިޒް ކުރުމަށް މައިކްރޮސޮފްޓްގެ ރިކޯލް އާ އެއްގޮތަށް ސްމާޓް ރީކެޕް ފަންކްޝަންތައް ހިމެނެއެވެ.
މީގެ އިތުރުން އެޕަލް އިން އެންމެ ފަހުގެ އޭއައި މޮޑެލްތަކުން އުފައްދާ ފައިވާ ސިރީގެ ސްމާޓް، މާ ގާބިލް ވާޝަނެއް ވެސް އެންމެ ފަހުން ޑެލިވަރީ ކޮށްދޭނެއެވެ. ހޯމް ސްކްރީން ކަސްޓަމައިޒޭޝަން އޮޕްޝަންސް އާއި އާރްސީއެސް މެސެޖިން ސަޕޯޓް ވެސް ރަނގަޅު ކުރުމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ޑަބްލިއުޑަބްލިއުޑީސީގެ މައި ހެޑްލައިނަކަށް އައިއޯއެސް 18 ހިމެނޭއިރު، އެޕަލްގެ އެހެން އޮޕަރޭޓިން ސިސްޓަމްތައް ކަމަށްވާ އައިޕެޑޯސް، ވޮޗްއޯއެސް، މެކްއޯއެސް އަދި ޓީވީއޯއެސް އަށް ވެސް އާ އޭއައި ގާބިލުކަމާ އެކު އަޕްޑޭޓް ލިބޭނެ ކަމަށް ބެލެވެ އެވެ.
އައިފޯން، އައިޕެޑް، އެޕަލް ވޮޗް، މެކް ޑެސްކްޓޮޕްސް/ލެޕްޓޮޕް އަދި އެޕަލް ޓީވީ ފަދަ ހާޑްވެއާ ޕްރޮޑަކްޓްތަކުގައި ސީމްލެސް ކްރޮސް ޑިވައިސް އެކްސްޕީރިއަންސް އާއި އެމްބިއަންޓް އިންޓެލިޖެންސް އަށް އޭއައި އިންފިއުޒްޑް ވިޝަން ޕްރިވިއު ކުރެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!