ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން މެންބަރުން މަޤާމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

އެކަމަށް ބޭއްވި ޖަލްސާ ފެށިފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ.

Ad
rt

މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިޤްރާރުގައިވަނީ ސޮއިކުރައްވާފައިވާއިރު، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފެށޭނީ 10:15 ގައެވެ.

މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައިވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެގުމުގެ ކަންކަން ކުރިއަށް ދާނެއެވެ.

20 ވަނަ މަޖިލީހުގެ މެންބަރުން

  • ޕީއެންސީ - 75 މެންބަރުން
  • އެމްޑީޕީ - 12 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ޖޭޕީ - 1 މެންބަރު
  • އެމްއެންޕީ - 1 މެންބަރު
  • މިނިވަން - 2 މެންބަރުން

ވިހި ވަނަ މަޖިލީހުގެ މެންބަރުންގެ ޢަދަދަކީ 93 އެވެ.