އަވަށްޓެރި ސްރީލަންކާއިން ހަ ދިވެހިން ހައްޔަރު ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދުގެ ވަގުތެއްގައި ހަ ދިވެހިން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ގެންދަނީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

Ad
rt

އެމްބަސީގެ ކޮންސިއުލަރ ސްޓާފުން ދަނީ އެ ދިވެހިން ހައްޔަރު ކޮށްފައި ތިބި ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މަޢުލޫމާތުލިބޭ ގޮތުގައި ލަންކާގެ ފުލުހުން މިއަދު ހަ ދިވެހިން ހައްޔަރުކުރީ ޕާސްޕޯޓް ނެތި އެ ގައުމުގައި ދިރިއުޅެމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއް ގައުމަކީ ލަންކާއެވެ. އެ ގައުމުގައި ގާތްގަނޑަކަށް 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ. ހަފްތާ ބަންދަށާއި، ބޭސްފަރުވާއަށާއި އެކި ބޭނުންތަކުގައި އަބަދުވެސް އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެއެވެ.