ރަށު ކައުންސިލް ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަށް އާންމު ކައުންސިލް މެމްބަރެއްގެ ގޮތުގައި ވާދަ ކުރުމުގެ ފުރުޞަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިސަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިސަނުން އެގޮތަށް ބުނީ މިރޭ އެކޮމިޝަނުން ކުރި ޓުވީޓެއްގައެވެ. އިލެކްޝަނުން މިކަން ހާމަކޮށްދީފައި މިވަނީ އެކަމާމެދު އާންމުން ހޭލުންތެެރިކުރުމަށާއި، އަދި ޤާނޫނީ ގޮތުން އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން އޮޅުން ފިލުވައި ދިނުމަށް ކަމަށް ބެލެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) ގެ ފަރާތުން ލަންކާގައި ދިރިއުޅޭ ދިވެހިން ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މިހާރުވަނީ ނިންމާފައެވެ. އެ ޕްރޮގްރާމް ހިންގުމަށް ނިންމާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!