މަސްތުވާތަކެތީގެ ވިޔަފާރި ކުރި ތ. މަޑިފުށި މީހަކު 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށްލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މި އަހަރުގެ ފެބްރުވަރީ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި ތ.މަޑިފުށި / ދޮންވެލި، ޙުސައިން ޝަރޫން ތ.މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށްބުނެ ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެރަށުގެ ބަނދަރުމަތިން ޙުސައިން ޝަރޫން ހުއްޓުވައި ބަލާފާސްކޮށް އޭނަ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ހުކުމް މިހާރު ވަނީ އިއްވާފައެވެ.
މިމައްސަލައިގެ ތުހުމަތު ކުރެވުނު ހުސައިން ޝަރޫނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ވަނީ ސާބިތުވާކަމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައެވެ.
މިގޮތުން ހުސައިން ޝަރޫނު، 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށް ލުމަށް މަޑިފުށި ކޯޓުން 2024 މެއި 16 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!