މާލޭގެ ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ ހަަތް މީހަކު އަނބުރައިގަނެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ކެފޭއެއްގެ ދުންހޮޅިން އެ ކެފޭގެ ބަދިގެތެރެއަށް ދުން ލީކުވެގެން ހަތް މީހަކު އަނބުރައިގަތުމުގެ ހާދިސާއެއް ރޭ ފަތިހުު ވަނީ ހިނގާފައެވެ.

Ad
rt

އެ ކެފޭއަކީ މާލޭ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެކެވެ. މި ހާދިސާ ހިނގައި، މި ހާދިސާގައި އަނބުރައިގަތް ހަތް މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:50 ހާއިރު އެވެ.

މި ހާދިސާގައި އަނބުރައިގެންފައި ވަނީ މުޅިން ވެސް ބިދޭސީންނެވެ. އެއީ ސްރީލަންކާ މީހަކާއި، އިންޑިއާ މީހަކާއި، ބަންގްލަދޭޝް ދެ މީހުންނާއި އަދި ނޭޕާލް ތިން މީހުންނެވެ.

''މި މީހުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލްގައި، މި މީހުން ތެރެއިން އެކަކުގެ ހާލު ވެސް ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ'' ފުލުހުން ބުނެފަވެއެވެ.

މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.