އަންނަ މަހު 20 ވަނަ ދުވަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން އެކުލަވާލި ސްކޮޑުން، ކަސެމީރޯއަށް ފުރުސަތު ގެއްލިއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 32، އަހަރުގެ ކަސެމީރޯއަށް ބްރެޒިލްގެ ސްކޮޑުން ފުރުސަތު ގެއްލިފައި މިވަނީ، ޕްރިމިއާ ލީގުގައި ވެސް އޭނާގެ ޕާފޯމެންސް ދަށްވެފައި ވާ ދަނޑިވަޅެއްގައެވެ. ކަސެމީރޯ ވަނީ ބްރެޒިލް ސީނިއާ ޓީމަށް 75 މެޗު ކުޅެފައެވެ.

Ad
rt

ބްރެޒިލްގެ ކޯޗްގެ މަގާމުގައި ހުރި ޑޮރިވާލް، ކޮޕަ އެމެރިކާއަށް އެކުލަވާލި ޓީމުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅޭ ނުވަ ކުޅުންތެރިއަކު ހިމެނެއެވެ.

އެ ކުޅުންތެރިންނަކީ ލިވަޕޫލްގެ ގޯލްކީޕަރ އެލިސަން، މެންޗެސްޓާ ސިޓީގެ ގޯލް ކީޕަރ އެޑަސަން، އާސެނަލްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގެބްރިއަލްގެ އިތުރުން އާސެނަލްގެ ފޯވާޑް މާޓިނެލީ، ނިއުކާސަލްގެ މިޑްފީލްޑަރ ބްރޫނޯ ގުއިމަރޭސް، އެސްޓަންވިލާގެ ޑަގުލަސް ލުއިޒް، ފުލަމްގެ ޕެރޭރާ، ވުލްވްސްގެ ޖޯ ގޮމޭސްގެ އިތުރުން ވެސްޓަހަމްގެ މެދުތެރޭ މޮޅަށް ކުޅެމުން އަންނަ ލޫކަސް ޕަކުއޭޓާ ހިމެނެއެވެ.

އަނިޔާއިން ރިކަވަވާން މަސައްކަތް ކުރަމުން އަންނަ ނޭމާއަށް ފުރުސަތު ގެއްލުނުއިރު، ޓޮޓެންހަމްގެ ފޯވާޑް ރިޗާލިޝަން، މެންޗެސްޓާގެ އެޓޭކަރ އެންތަނީގެ އިތުރުން އާސެނަލްގެ ފޯވާޑް ގެބްރިއަލް ޖީސަސްއަށް ވެސް ބްރެޒިލްގެ ސްކޮޑުން ފުރުސަތު ނުލިބުނެވެ.

ބްރެޒިލްގެ ޕަލްމެއިރާސް އަށް ކުޅެމުން އަންނަ އުމުރުން 17 އަހަރުގެ އެންޑްރިކަށް ބްރެޒިލްގެ ސްކޮޑުން ވަނީ ފުރުސަތު ދީފައެވެ. އޭނާއަކީ އަންނަ ސީޒަންގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅޭނެ ކުޅުންތެރިއެކެވެ.

ބްރެޒިލް ސްކޮޑް

ގޯލްކީޕަރުން

އެލިސަން – ލިވަޕޫލް

ބެންޓޯ – އެތުލެޓިކޯ

އެޑަސަން – މެންޗެސްޓާ ސިޓީ

ޑިފެންޑަރުން

ބެރާލްޑޯ – ޕީއެސްޖީ

މިލިއާޓޯ – ރެއާލް މެޑްރިޑް

ގެބްރިއަލް – އާސެނަލް

މާކީނިއޯސް – ޕީއެސްޖީ

ޑަނީލޯ – ޔުވެނަޓަސް

ކޮއުޓޯ – ޖިރޯނާ

އާމާ – އެތުލެޓިކޯ

ވެންޑެލް – ޕޯޓޯ

މިޑްފީލްޑަރުން

ޕެރޭރާ – ފުލަމް

ގުއިމަރޭސް – ނިއުކާސަލް

ލުއިޒް – އެސްޓަންވިލާ

ގޮމޭޒް – ވުލްވްސް

ޕަކުއޭޓާ – ވެސްޓްހޭމް

ފޯވާޑުން

އެންޑްރިކް – ޕަލްމެއިރާސް

އެވަނިލްސަން – ޕޯޓޯ

މާޓިނެލީ – އާސެނަލް

ރަފީނިއާ – ބާސެލޯނާ

ރޮޑްރިގޯ – ރެއާލް މެޑްރިޑް

ސަވީނިއޯ – ޖިރޯނާ

ވިނީސިއަސް – ރެއާލް މެޑްރިޑް