‏ވެރިރަށް މާލޭގެ މަގުމައްޗަށް ގަވާއިދާ ޚިލާފަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ބިދޭސީ މީހާގެ ފޮޓޯ އާންމު ކުރަމުން ސިޓީ ކައުންސިލުން ބުނީ، މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށެވެ:

Ad
rt

’’ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ‘’ ސިޓީ ކައުންސިލުން ބުނެފަވެއެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މާލޭގެ މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި އާއި ގޯޅި ކަންމަތީގައި ވެސް ކުނިތައް ބަހައްޓާތީ އެފަދަ ތަންތަނުގެ ލޮކޭޝަން އާއި ފޮޓޯ ކައުންސިލުން އަންނަނީ އާންމު ކުރަމުންނެވެ.

އެފަދަ ކަންތައްތައް ކުރާ މީހުން ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނައިރު، މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.