މާލެ އަތޮޅު ހުރާގައި އެމް.އޭ.ކަޕް ނަމުގައި ބާއްވަމުން އަންނަ ފޯރިގަދަ ވޮލީ މުބާރާތުގެ ޗެންޕިއަންކަން، ހުރާގެ ތަންޑަރ ބޯލްޓްސް ޓީމުން ހޯދައިފިއެވެ.
ޓީމް ތަންޑަރ ބޯލްޓްސް އިން މިތަށި އުފުލާލީ ތުލުސްދޫގެ ޓީމެއްކަމުގައިވާ، ސުރީލަންކާގެ ގަޢުމީ ޓީމްގެ ކޯޗް ޗަންނަ ޖައެސޭކަރަ އަދި ކެޕްޓަން ދީޕްތީ، ބާރު ސޮޓް ޖެހުންތެރިޔާ އިސުރު ހިމެނޭ ބުލެކް އީގަލްސްގެ މައްޗަށް ކުރިހޯދައި ތިން ސެޓް ދެ ސެޓުން ކުރި ހޯދައިގެންނެވެ.
ބަލާހިތްވާ ކަހަކަ ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ސެޓް ފަސޭހަމަ ކަމާއެކު 13/25 ކާމިޔާބުކުރީ ޓީމް ތަންޓަރ ބޯލްޓްސް އިންނެވެ. ނަމަވެސް ދެވަނަ ސެޓް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބު ކުރީ ޓީމް ބުލެކް އީގަލްސްލް އެވެ. ތިންވަނަ ސެޓް ތަންޑަރ ބޯލްޓްސް އިން ކާމިޔާބު ކުރިއިރު ހަތަރުވަނަ ސެޓް ގެންގޮސްފައި ވަނީ ބުލެކް އީގަލްސްއެވެ. ނަމަވެސް ނޭވާ ހިފަހަށްޓާލަން ޖެހޭފަދަ ކުޅުމެއްފެނިގެން ދިޔަ ފަސްވަނަ ސެޓް ކާމިޔާބުކޮށް މުބާރާތުގައި މި ދެޓީމު ބައްދަލުކުރި ތިން މެޗު ވެސް ކާމިޔާބުކޮށް، ޗެންޕިއަންކަން ހޯދީ ސްރީލަންކާގެ ގައުމީ ޓީމްގެ ކުޅުންތެރިންކަމުގައިވާ ލަސިންދު، ކަވިސްކާ، ރާއްޖޭގެ ވޯލީބޯޅައިގައި އަރަމުން އަންނަ ސެޓަރ ޝާޑުވެސް ކުޅެމުން އަންނަ ހުރާގެ ތަންޑަރ ބޯލްޓްސްއެވެ. ސެޓްތަށް ގެންގޮސްފައިވަނީ (25/13،25/23،25/19،25/2316/14) އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ސްރީލަންކާގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ ޓީމް ތަންޑަ ބޯލްޓްސް ޖޯޒީ ނަންބަރ 9 ލަސިންދެވެ.
މި މުބާތުގެ އެންމެ މޮޅު ހަކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް ތަންޑަރ ބޯލްޓްސް ލަސިންދު، ކަވިސްކާ، ޝާޑު އަދި ބުލެކް އީގަލްސްގެ އިސުރު، ދީޕްތީ، ރިއްޕެ ގެ އިތުރުން ބެލެއްސިމޯގެ ވިދުވާއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު މަޝްޙޫރު ވޮލީ ކޯޗް މުޙައްމަދު ނަދީމް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ބުލެކް އީގަލްސްގެ ސާރީއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީމް ތަންޑަރ ބޯލްޓްސްގެ ކޯޗް އަޙުމަދު އަބުދުލްކަރީމް( ލޯންގޭ) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!