ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖައި ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އޭނާ މި ލަނޑު ޖަހަން ފުރުސަތު ފަހިކޮށްދީފައި ވަނީ ބެން ވައިޓެވެ. ނަމަވެސް ބަޔާނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ބަޔާންގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ޖަހައިދިން އިރު ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ޖަހައިދިނީ ކޭން އެވެ.
އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޓްރޮސާޑްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ 76 ވަނަ މިނެޓުގައި ޖީސަސް ދިން ބޯޅައަކުންނެވެ.
މި ދެ ޓީމް ވާދަކުރާ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބަޔާންގެ ދަނޑުގައެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!