މިރޭ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓް ކާޑުގެ އެފްއައިސީ ފާމުލަދޭރި އާއި އެމްއެންޑީއެފްގެ ޑައިވަރުން ހުއްޓުމެއްނެތި ހަރަކާތްތެރި ވަނުން ދާކަމަށެވެ.

Ad
rt

އެ އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް ޖެހި ގެންނެވެ. އެ އެކްސިޑެންޓްގައި ގެއްލިގެން ހޯދަނީ ޑިންގީއިން ދަތުރުކުރި މީހެކެވެ.

ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއް ކެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭ 19:06 އެހާކަންހާއިރުއެވެ.

އެމްއެންޑީއެފްއިން ބުނުފައި ވަނީ އެކްސިޑެންޓްވި ކަމަށް ލަފާކުރެވޭ ފަރުކައިރިން ކަންވާރުތަކެއް ފެނިގެން އެސަރަޙައްދު އިތުރައް ބަލަމުންދާކަމަށެވެ.

މިހާދިސާގެ އިތުރު މަޢުލޫމާތި ހާމަކުރަމުން ފުލުހުން ބުނެފައި ވަނީ ޑިންގީއިން ދަތުރު ކުރީ 03 މީހުން ކަމަށް މިހާރު ވަނީ ކަށަވަރު ކުރެވިފައިކަމަށާއި ފެނިފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ގެއްލިގެން އުޅެނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމަތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.