އުރީދޫ 2024 ގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް ގެ މި ފުރުސަތުގައު ނަސީބުވެރިންގެ ގޮތުގައި ހޮވުނީ އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދުއެވެ. އެ ދެ ކަސްޓަމަރުންނަށްވެސް އެ ކުންފުނިން ވަނީ މަރުހަބާ ކިޔާފައެވެ.

Ad
rt

މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވައި، މުޖުތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެކެވެ.

އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނޭކަމަށް އުރީދޫއިން ފާހަގަކުރެއެވެ.