ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ބަޔަކު 500،000 ރުފިޔާ ހޯދި މައްސަލައެއް ފެންމަތިވެފައިވާތީ، ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ، ބަޔަކު މީހަކަށް އޮޅުވާލައިގެން ފުލެޓް ލިބިފައިވާކަމަށް ބުނެ ހީލަތުން 500،000 ރުފިޔާ އަތުލީ އޭނާގެ ފޯނަށް ދިޔަ އޯޓީޕީ ހޯދައިގެން ކަމަށެވެ.
ފައިސާގެ އޮންލައިން މުއާމަލާތްތަކުގައި ފޯނަށް ނުވަތަ އީ-މެއިލަށް އަންނަ އޯޕީޓީ ދިނުމުން ނޫނީ ހީލަތްތެރިންނަށް ހީލަތުގެ ރޭވުމުން ފައިސާ އަތުލެވޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް އެފަދަ ރަހުމެއްނެތް މީހުންގެ އޮޅުވާލުމުގައި ޖެހި ބައެއް މީހުންނަށް އޯޕީޓީ ދެވޭގޮތް މެދުވެރިވަނީ އެވެ.
މީގެ އިތުރުން މިފަދަ ކަންކަމަށް ބަލާއިރު، ފްލެޓް ލިބިފައިވާ ކަމަށް ބުނެ ފައިސާ ދެއްކުމަށް އެއްވެސް އިދާރާއަކުން އޯޕީޓީ ފޮނުވުމަކީ ކުރާ ކަމެއް ވެސް ނޫނެވެ.
''ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން މިއަދުވެސް 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކުވަނީ ހޯދާފަ ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވެ ލައްވާ! މިފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ވެ ނުލައްވާ! ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ'' ފުލުހުން ބުނެފަވެއެެވެ.
މި މަހުގެ 9 ވަނަ ދުވަހު ގއ. ވިލިގިލީ ވެސް ވަނީ މިފަދަ މައްސަލައެއް ފެންމަތިވެފައެވެ. ވިލިގިލީ ގައި އެޗްޑީސީ އިން ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ އޮޅުވާލައިގެން އެ ރަށު މީހެއްގެ ބޭންކު އެކައުންޓުން 200،000 ރުފިޔާ މަކަރާ ހީލަތުން ވަނީ އަތުލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!