މާލޭގެ އިމާރާތަކުން މިއަދު ވެއްޓުނީ އިންޑިއާ މީހެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތަކުން މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 10:30 ހާއިރުއެވެ.

Ad
rt

މި ރިޕޯޓާއެކު ފުލުހުން އެތަނަށް އެޓެންޑްވެ، އެކަން ބަލަންފަށާފައިވާއިރު، އެ ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ އެ އިމާރާތުން ވެއްޓިފައި ވަނީ 20 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ.

''އެމީހާ ވެއްޓިފައި ވަނީ އިމާރާތުގެ 9 ވަނަ ފަންގިފިލާއިން، އިމާރާތުގެ ސިޑި ގޮޅިން އެންމެ ތިރިއަށް'' ފުލުހުން ބުނެފަވެއެވެ.

އެ ބިދޭސީ މީހާގެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެެވެ.

ފުލުހުން ދަނީ މިކަން ހިނގާދިޔަ ގޮތް ބަލަމުންނެވެ.