ހއ. ހޯރަފުށީގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

Ad
rt

މިއީ ހޯމް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ހިންގާ ތަނެކެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާ ތަނެކެވެ.

ހާފްވޭ ހައުސްއާ ގުޅޭގޮތުން އެމްޓީސީސީން ބުނީ އެތަނުގެ މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ގްރައުންޑް މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްކާއި މޭޝަނަރީ އަދި ޕްލާސްޓަރިން މަސައްކަތާއި ފިނިޝިން މަސައްކަތްތަކާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތާއި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހޯރަފުށީގެ ހާފްވޭ ހައުސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 6.1 މިލިއަން ރުފިޔާއަށެވެ.