އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް، "ޕްރެކްޓިސް ޕާލަމަންޓް" ޕްރޮގްރާމްގެ ދެ ބެޗެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއިގުޅޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަންހެން ބޭފުޅުންނަށެވެ.
ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ކުރިއަށް ގެންދަން ނިންމާފައި ވަނީ 18 ފެބްރުއަރީ އިން 24 ފެބްރީއަރީ 2024 އަށެވެ. މި ޕްރޮގްރާމްގައި ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 27 ޖެނުއަރީ 2023 އެވެ.
"ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން" އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ރެޖިސްޓަރ ކުރެއްވުމުގެ ސުންގަޑި އަކީ 27 ޖެނުއަރީ 2024 އެވެ. ރެޖިސްޓަރ ކުރެއްވުމަށް އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9397651 އަށް ގުޅުއްވާ! pic.twitter.com/LJ1SyezLZ0
— UNDP Maldives (@UNDPMaldives) January 22, 2024
މާލޭގައި އޮންނަ މި ޕްރޮގްރާމްގެ ދެ ބެޗަށް ވެސް ހޮވަނީ ކުރިމަތިލާ އަންހެންބޭފުޅުންކުރެ ޝަރުތުވާ ފަރާތްތަކާއި، ކުރާ އިންޓަވިއުއިންނާއި، ސްކްރީނިންމަރުހަލާއިން އެންމެ މަތީ މާކުސް ލިބޭ 40 ބޭފުޅުންނެވެ.
މާލެ ސަރަހައްދުން ބޭރުން މި ޕްރޮގްރާމަށް ހޮވޭ ބޭފުޅުންނަށް ދަތުރުފަތުރާއި މާލޭގައި ހުރުމާއި ގުޅުންހުރި އެހެން ކަންކަން ވެސް ހަމަޖައްސައިދޭނެއެވެ.
މި ޕްރޮގްރާމްގައި ރަޖިސްޓާ ވުމަށް ނުވަތަ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވަން ޖެހެނީ 9397651 ނަންބަރު ފޯނާއެވެ. އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ މީސް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވީޓާ މެދުވެރިކޮށް އިތުރު މައުލޫމާތު ފޯރުކޮށްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!