މިރޭ ހުޅުމާލޭގައި ތުރުކީ މީހަކަށއ ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
ފުލުހުން ބުނެފައިވަނީ މިމާރާމާރީގައި ޒަހަމް ވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 33 އަހަރުގެ ތުރުކީ މީހަކަށެވެ.
އެސަރަހައްދުގައި ހުރިމީހަކު މިނޫހަށް މަޢުލޫމާތު ދެމުންބުނީ އަނިޔާވެފައިވާމީހާގެ ގައިގައި ބައިވަރު ލޭ ހުރި ކަމަށާއި މިހާރު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައީ މީހެއްގެ ސައިކަލު ފަހަތުގައެވެ.
މިމާރާމާރީ ހިނގާފައިވައިވާ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
އިތުރު ތަފްސީލް އަންނަނީ...
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!