ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން 43 އިދާރީ ދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ނިންމައި އެ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިއްޔެ އާންމުކޮށްފިއެވެ.

އެމްޑީޕީން ވަނީ އަންނަ 20 ވަނަ މަޖިލީހަށް އެ ޕާޓީގެ ޓިކެޓް ހޯދަން ޝައުގުވެރިވާ ފަރާތްތައް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތުގައި ކުރިމަތިލި މެންބަރުންކުރެ އެއް މެންބަރަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީ އަކާއި ނުލައި ވަނީ ޓިކެޓް ދީފައެވެ. މިގޮތައް ޓިކެޓް ދިން 35 ދާއިރާއާއި، އެ ދާއިރާތަކުން ޓިކެޓް ލިބުނު މެންބަރުންގެ ނަންތައް ވެސް އެ ޕާޓީން ވަނީ މިދިޔަ ހަފުތާގައި އާންމުކޮށްފައެވެ.

Ad
rt

20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އެ ޕާޓީގެ ޕްރައިމަރީ ބާއްވަންޖެހޭ 43 ދާއިރާގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އޮންނާނެކަމަށް އެމްޑީޕީން އިއްޔެ ވަނީ ބުނެފައެވެ.

މިދާއިރާތަކުންކުރެ ބޮޑުތިލަދުންމަތީގެ ތިން އަތޮޅުގެ 8 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވެއެވެ. އެ ދާއިރާ ތަކަކީ ހއ. އަތޮޅުން ދިއްދޫ ދާއިރާ، ކެލާ ދާއިރާ އަދި ބާރަށު ދާއިރާ އެވެ. ހދ. އަތޮޅުން ހަނިމާދޫ ދާއިރާ، ނޮޅިވަރަމް ދާއިރާ، ކުޅުދުއްފުށި އުތުރު ދާއިރާ، ކުޅުދުއްފުށި ދެކުނު ދާއިރާގެ އިތުރުން ށ. އަތޮޅުން އެ އަތޮޅު ކޮމަންޑޫ ދާއިރާއެވެ.