މާލޭގައި ފެންބޮޑުވެ އެއްގަމު ދަތުރުފަތުރަށް ދިމާވާ ދަތިތައް ލުއިކޮށްދޭން އަމީނީމަގު އެއްކޮށް ހުޅުވާލައިފިއެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތުގެ ތެރެއިން އެމަގުގެ ސެގްމެންޓް 12 އަދި 13 ގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައި ވަނީ 7 ޖެނުއަރީ 2023 ދުވަހުގެ ރޭ ފަތިހުއެވެ.

Ad
rt

އެއަށްފަހު، އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލީ 10 ޖެނުއަރީގައެވެ.

އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 މުޅިން ހުޅުވާލަން ނިންމާފައި ވަނީ މާދަމާގެ ހެނދުނު 6:00 އިން ފެށިގެންނެވެ.

ނަމަވެސް އެ ބައި މިއަދު ހަވީރު ހުޅުވާލައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، މުޅި އަމީނީ މަގު ހުޅުވުން އަވަސްކޮށް މިއަދު ހުޅުވައިލީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ ބޮޑު ބައެއްގައި ފެންވޮޑުވެ އާންމު ދަތުރުފަތުރަށާއި، އާންމު ދިރިއުޅުމަށް ވަނީ ބުރީ އަރާފައެވެ.

މިވަގުތު ވެސް މާލެ އަށް ދަނީ ވަރަށް ބޯކޮށް ކެރިވެހެމުންނެވެ.