އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ކުޅުނު މެޗުތަކުން މޮޅުވެ ނިއުކާސަލްއާއި ޗެލްސީން ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ރޭ ސަންޑަލޭންޑްގެ ދަނޑުގައި ނިއުކާސަލުން ވަނީ 3- ގެ ނަތީޖާއިން އެ ޓީމް ބަލިކޮށްފައެވެ. މި މެޗުގެ ނިއުކާސަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ސަންޑަލޭންޑްގެ ޑެނިއަލް ބަލާޑް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ނިއުކާސަލްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ އެލެކްސެންޑާ އިސަކްއެވެ. އޭނާ ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

Ad
rt

ރޭ އަމިއްލަ ދަނޑުގައި ޗެލްސީއާއި ޕްރެސްޓޮން ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ޗެލްސީއެވެ. މި މެޗުގައި ޗެލްސީއަށް ލަނޑުތައް ޖަހައިދިނީ ބޮރާހާ، ތިއާގޯ ސިލްވާ، ސްޓާލިންގެ އިތުރުން އެންޒޯ ފެނާންޑޭޒް އެވެ.

އެފްއޭކަޕް ތިންވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ޓޮޓެންހަމުން ވަނީ 1-0 ގެ ނަތީޖާއިން ބާންލީ ބަލިކޮށްފައެވެ. ބަރައިޓަންއާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗު ބްރައިޓަން އިން ވަނީ 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އެސްޓަން ވިލާއިން 1-0 ގެ ނަތީޖާއިން މިޑްލްސްބްރޯ ބަލިކުރި އިރު، ލެސްޓާ ސިޓީ ވަނީ 3-2 ގެ ނަތީޖާއިން މިލްވޯލް ބަލިކޮށްފައެވެ.