މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ މިރޭ ލޯންޗްކުރާ ގޮތައް ހަމަޖެހިއްޖެއެވެ.
ޕީއެންސީ/ޕީޕީއެމް އިއްތިހާދުން މިއަދު ބުނީ އާޒިމާގެ މެނިފެސްޓޯ ލޯންޗްކުރާ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ކަމަށް ބާއްވާ ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނީ ޕީއެންސީ/ޕީޕީއެމް އިއްތިހާދުގެ ‘’ދިވެހީންގެރާއްޖެ މައި ޖަގަހަ’’ ގައެވެ. މި ޖަގަހައަކީ މާލޭ ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ތިރީގައި ހުންނަ ތަނެކެވެ.
މި ޖަލްސާ ފަށާނީ މިރޭ 8:00 ގައިކަމަށް ޕީއެންސީ/ޕީޕީއެމް އިއްތިހާދުން ބުނެއެވެ.
އާޒިމާއަކީ ނިމިގެންދިޔަ ތިން ވެރިކަމެއްގައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެން ރާއްޖޭގެ ފުރަތަމަ އަންހެން އެޓަރނީ ޖެނެރަލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!