ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަންފާޅު ކުރި އެ ޕާޓީގެ މެންބަރުންކުރެ 35 ބޭފުޅަކަށް ޓިކެޓް ކަށަވަރުވެފައިވާކަން އެ ޕާޓީން މިއަދު ޢިއުލާން ކޮށްފިއެވެ.

އެމްޑީޕީން ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމަށް ހުޅުވައިލި ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލާ ވަނީ އެ ޕާޓީ ޓިކެޓް ކަށަވަރުކުވެފައެވެ.

Ad
rt

އެ ބޭފުޅުންނާއި ދާއިރާތައް

  1. އަހްމަދު ސަލީމް - ހޯރަފުށި ދާއިރާ، ރަބީޢުމަންޒިލް/ ހއ. ހޯރަފުށި
  2. މުހައްމަދު އާރިފް - އިހަވަންދޫ ދާއިރާ، ނެދުންގެ/ ހއ. އިހަވަންދޫ
  3. ހުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ، ޖަވާހިރުގެ/ ހދ. ވައިކަރަދޫ
  4. މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ، ދަފުތަރު/މާލެ
  5. އަލީ ރިޒާ - މިލަންދާ ދާއިރާ، ހެޕީލޭންޑް/ ށ. މިލަންދޫ
  6. މުހައްމަދު ޝާހިދު - ފުނަދޫ ދާއިރާ، ޑޭޒީމާގެ/ޅ. ޅައިމަގު
  7. އަހްމަދު ފާތިހު - ހޮޅުދޫ ދާއިރާ، ކާމިނީގެ/ ނ. ހޮޅުދޫ
  8. އިސްމާއިލް އަހްމަދު - ދުވާފަރު ދާއިރާ، ސޭޑީސައިޑް/ ރ. ކަނދޮޅުދޫ
  9. މުހައްމަދު ޝަފީގު - ތުޅާދޫ ދާއިރާ، މއ. ބެރިއަންފަރު/މާލެ
  10. ޖީހާން މަހުމޫދު - ހިންނަވަރު ދާއިރާ، ދޭލިޔާގެ/ޅ. ހިންނަވަރު
  11. މުހައްމަދު ލުތުފީ - މާފުށި ދާއިރާ، ނީލް/ކ. މާފުށި
  12. އިބްރާހިމް އަމީރު - ތުލުސްދޫ ދާއިރާ، ޖަނބުރޯލުވިލާ/ ގދ. ގައްދޫ
  13. އަލީ އަމީޒް - މާމިގިލި ދާއިރާ، ފިނިރޯޅި/އދ. މާމިނގިލި
  14. އިކްރާމް ހަސަން - ދިއްގަރު ދާއިރާ، މ.މުލި/މާލެ
  15. އިޔާސް އިސްމާއިލް ލަތީފް - މީދޫ ދާއިރާ، ބިއްލޫރިވިލާ/ދ. މީދޫ
  16. ހަސަން ޝިނާން - ގުރައިދޫ ދާއިރާ، ހަވީރީއައްސޭރި/ތ. ގާދިއްފުށި
  17. ހުސައިން އަބޫބަކުރު - ފޮނަދޫ ދާއިރާ، ދަފުތަރު/މާލެ
  18. ޔައުގޫބު އަބްދުﷲ - ދާންދޫ ދާއިރާ، ކަކާގެ/ގއ. ދާންދޫ
  19. ސައްޔާހު ހަލީހް - ކޮލަމާފުށި ދާއިރާ، ހިތިލާގެ/ގއ. ކޮލަމާފުށި
  20. އަހްމަދު ގައިސް - ތިނަދޫ އުތުރު ދާއިރާ، ސަނީޑޭލް/ގދ. ތިނަދޫ
  21. އަހްމަދު ޒައީމް - ފަރެސްމާތޮޑާ ދާއިރާ، ވުލެޖް/ގދ. ފަރެސްމާތޮޑާ (މާތޮޑާ އަވަށް)
  22. ހުސައިން މުހައްމަދު ދީދީ - ފުވައްމުލަކު މެދު ދާއިރާ، ހުނުބޮލި/ޏ. ފުވައްމުލައް
  23. އަބުދުﷲ ހަނީފް - ފޭދޫ ދެކުނު ދާއިރާ، ދޮންލުނބޯ ގަސްދޮށުގެ/ސ. ފޭދޫ
  24. މުހައްމަދު އަސްލަމް - ހިތަދޫ އުތުރު ދާއިރާ، ނިޔާޒް/ސ. ހިތަދޫ
  25. އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ، ނާއިލީމަންޒިލް/ސ. ހިތަދޫ
  26. އިބްރާހިމް އަލީ ޖަލީލް - މެދު ހެންވޭރު ދާއިރާ، ހ. ނަވާގަން/މާލެ
  27. ހުސައިން ޝަމީމް - ހެންވޭރު ދެކުނު ދާއިރާ، އަންދުންގެ/މާލެ
  28. މުހައްމަދު އިބްރާހިމް - ގަލޮޅު އުތުރު ދާއިރާ، ގ. މުށިވެލި/މާލެ
  29. މީކާއިލް އަހްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ، ހ. ސްވޯޑް/މާލެ
  30. ޟިރުޣާމް ވަހީދު - މައްޗަންގޯޅި އުތުރު ދާއިރާ، މއ. ވިރާހު/މާލެ
  31. އަބްދުﷲ ސިނާން - މައްޗަންގޯޅި ދެކުނު ދާއިރާ، މއ. ބެރިއަންފަރު/މާލެ
  32. މުހައްމަދު ފަލާހު - މާފަންނު ހުޅަނގު ދާއިރާ، މ. ކުޑަވެޔޮމަތީގެ/މާލެ
  33. އަހްމަދު އާމިރު - މާފަންނު މެދު ދާއިރާ، މ.ޕޮމްޕިޔާ/މާލެ
  34. ހަސަން އިއާދު ސަލީމް - މާފަންނު ދެކުނު ދާއިރާ، މއ. ދިރޭ/މާލެ
  35. އަކްރަމް ކަމާލުއްދީން - މައްޗަންގޯޅި މެދު ދާއިރާ، މއ. އެވަލާސްޓް/މާލެ

މި ނަންތައް ޢިއުލާން ކުރުމާއެކު އެމްޑީޕީން ބުނެފައި ވަނީ، އެއް ކެންޑިޑޭޓަަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޤައުމީ މަޖުލީހުން ނިންމުމާއި އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމާގޮތެއް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށެވެ.

20 ވަނަ މަޖިލީހުގެ އިންތިޚާބު އޮންނަ ތާރީޚެއް އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޢިއުލާން ކުރާނެއެވެ.