ފެން ބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގެ ވަގުތަކީ މިއަދު 15:15 އިން 17:30 އަށެވެ.
ސަމާލުގެ މެސެޖުގައިވާގޮތުން އެ ސަރަހައްދުތަކަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ.
މީގެ އިތުރުން ފެން ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!