ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދެ ވަނަ ފަހަރަށް ފާސްކޮށްފިއެެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ އެމްއެންޕީ މެމްބަރު އިބްރާހިމް ރިޔާޒާއި ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި މަޑަވެލި ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު ހުސެއިން ފިރުޝާން އާއި ހިތަދޫ މެދު ދާއިރާ ޑިމޮކްރެޓްސް މެމްބަރު އަހުމަދު ރަޝީދެވެ.

Ad
rt

ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުން

- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން

- މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު

- މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު

- އެޓާނީ ޖެނެރަލް އަހްމަދު އުޝާމް

- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން

- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

- މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު

- މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް

- މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު

- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

- މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުالله ހަލީލް

- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް

- މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު

- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ

- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތޮލިބު

- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ

- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް

- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ތޯރިގު އިބްރާހިމް

- މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް

- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)

- މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު

ކޮމިޓީން ވަޒީރުންނަށް ރުހުން ދޭން ފާސް ކުރި ނަމަވެސް މަޖިލިސް މިހާރު އޮތީ އެއް މަހަށް ވުރެ ގިނަ ދުވަހުގެ ޗުއްޓީއެއްގައެވެ. މަޖިލިހުގެ ޖަލްސާތައް ދެން ފަށާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މަޖިލިހުގެ މެމްބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުގެ ތަޅުމުގައި އެޖެންޑާ ކުރިއެވެ. އެކަމަކު، މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ނުކޮށް އޮތް ކަމަށް ބުނެ، އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ވަނީ ފޮނުވާލައިފައެވެ.

ނަމަވެސް ދައުރު ނިމުނަސް ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ފަހު، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މެމްބަރުން އެދިވަޑައިގެންފި ނަމަ، ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވަޒީރުންނަށް ރުހުން ހޯދަން މަޖިލިހަށް ފޮނުވިތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފައެވެ.