އެމްއެންޑީއެފް ކޯސްޓުގާޑުގެ ކޮމާންޑަންޓް ނުވަތަ އެންމެ އިސްވެރިއެއްގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަން ކުރައްވައިފިއެވެ.

ކާނަލް މުހައްމަދު ސަލީމް އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރެއްގެ މަގާމެވެ.

Ad
rt

މުހައްމަދު ސަލީމް އެ މަގާމަށް އައްޔަން ކުރެއްވި ކަން ހާމަކުރީ އެމްއެންޑީއެފުން "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ. އޭނާއާ މަގާމުގެ ލިޔުން ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްއެވެ.

ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމަށް މުހައްމަދު ސަލީމް އައްޔަން ކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.