ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަކީ ބޮޑާކަމެއްނެތް މުރާލި ވަޒީރުންތަކެއްކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހުގެރޭ ޢިއުލާންކުރެއްވުމާއެކު މި ހަފުތާ ބަންދުގައި ސަރުކާރުގެ ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ވަނީ އަތޮޅުތަކަށް ފެތުރިގެންފައެވެ.

Ad
rt

މި ދަތުރުތަކުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު ވާރޭގައި ރަށެއްގެ ރައްޔިތުންނާއި ސަލާމް ކުރައްވާ ފޮޓޯއެއް ހަމަނުއްވައި ސުޖާއު ''އެކްސް''ގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވަޒީރުން ވެހޭ ވާރެއާއި ދޭހާ އަވީގައި ވެސް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ވަޒީރުން ބޮޑާ ކަމާއި ކިބުރުވެރިކަމުގައި ނުތިއްބަވާނެ ކަމަށެވެ.

''ރައީސް ޑރ. މުޢިއްޒު ވައުދުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ވަޒީރުންނަކީ 24 ގަޑި އިރު ރައްޔިތުންގެ ޚިދުމަތުގައި ތިއްބަވާނެ ވަޒީރުން ކަމުގައި ހައްދަވާނެ ކަމަށް. އެކަން މިދަނީ ފެންނަމުން.'' ސުޖާޢު ވިދާޅުވެފަވެއެވެ.

ސުޖާޢު މިހެންވިދާޅުވެފައިވާއިރު، މި ހަފުތާ ބަންދުގައި ސަރުކާރުގެ ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ދަނީ އަތޮޅު ތަކަށް ދަތުރު ކުރަމުންނެވެ.

މި ދަތުރުތަކުގައި އެ ރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، އެ ވަޒީރެއްގެ ދާއިރާ ހިމެނޭ މަސައްކަތްތެރީންނާއި، ބައެއް ކްލަބް/ޖަމިއްޔާތަކާއި، ސަރުކާރުގެ ސަޕޯޓަރުންނާއި އެކި އާންމު ރައްޔިތުންނާ ދަނީ ބައްދަލުކޮށް އެ ފަރާތްތަކުގެ ވާހަކަތައް އަޑު އަހަމުންނެވެ.