ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރު ދަންމާލަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ 28 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ދަންމާލާށެވެ.

Ad
rt

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާކަމަށްބުނެ، އެކަން އެހެން އޮއްވައި ވަޒީރުންނަށް ރިޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި އެ އެ މައްސަލަ އަލުން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީއަށް ފޮނުވާލާފައެވެ.

ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާއިން އުނިކޮށް އަނބުރާ ކޮމިޓީއަށް

އެއަށްފަހު މިއަދަކީ މި ދައުރުގެ ފަހު ޖަލްސާކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނިންމަން މަޖިލީހުގެ ދައުރު ދަންމާލަން ފެނޭތޯ ވޯޓުގަޑީގައި ވޯޓަށް އައްސަވާނެކަން އަސްލަމް ވަނީ ޢިއުލާން ކުރައްވާފައެވެ.

މިގޮތުން މަޖިލީހުގެ ދައުރު ދަންމާލަން ނެގި ވޯޓުގައި އެވަގުތު ތަޅުމުގައި ތިއްބެވި މެންބަރުންކުރެ ވޯޓުގައި ބައިވެރިވެވަޑައިގެން 64 މެންބަރުން ވެސް ވަނީ މަޖިލީހުގެ ދައުރު ދަންމާލަން ވޯޓު ދެއްވާފައެވެ. އެކަމަށް ބޭނުންވީ 33 ވޯޓެވެ. އެ ގޮތައް ފާސްނުކުރުމަށް ވެސް އަދި ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނޫން ކަމަށް ވޯޓު ދެއްވި މެންބަރަކު ވެސް ނެތެވެ.