ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

މި ސަރުކާރުގެ ކެބިނެޓުގައި ބަންޑާރަ ނައިބާއެކުގައި 22 ވަޒީރުން ތިއްބަވައެވެ. އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހަށް ފޮނުވީ މިދިޔަ މަހުގެ 20 ގަ އެވެ. އެ މައްސަލައިގައި މަޖިލިހުގެ ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ވަކި ވަކިން ވޯޓަށް އެހުމަށެވެ.

Ad
rt

ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުން

- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން

- މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު

- މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު

- އެޓާނީ ޖެނެރަލް އަހްމަދު އުޝާމް

- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން

- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

- މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު

- މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް

- މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު

- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

- މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުالله ހަލީލް

- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް

- މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު

- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ

- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތޮލިބު

- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ

- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް

- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ތޯރިގު އިބްރާހިމް

- މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް

- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)

- މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރެވޭ ގޮތް އިސްލާހު ކުރަން މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ މައްސަލަ ވެސް ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފައެވެ.

މަޖިލިހުގެ އެޖެންޑާގައި ހިމެނޭ ބައެއް ކަންކަން:

- މަޖިލިހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް އާންމު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން.
- އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލް، އިގްތިސާދީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން.
- އެންމެ ކުޑައުޖޫރަ ދިނުމާ ގުޅޭ ގަރާރާ މެދު އިގްތިސާދީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން.
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު އިޖުތިމާއީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ އިރު، އެމްޑީޕީގެ މެންބަރުން ވަނީ ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އެ މެމްބަރުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރަން ނިންމި މައްސަލައިގައެވެ. އެ މައްސަލައިގައި ފެނަކަ އިން ބުނެފައި ވަނީ އެ މުވައްޒަފުންނަކީ ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރި ބައެއް ކަމަށާއި އެ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމާފައިވާ ކަމަށެވެ.