ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތްހެދުމަކީ މުޖުތައު ބަލައިގަންނަންޖެހޭ ކަމެއްކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ކުރީގެ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަންގައިގެން ރާއްޖޭގައި ފެންނަ ބަރަހަނާ ސައިޓުތައް އިއްޔެއިން ފެށިގެން ވަނީ ބްލޮކްކޮށްލާފައެވެ.
މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.
މިކަމާއި ގުޅިގެން މަހްލޫފް ‘’އެކްސް’’ ގައި ވިދާޅުވީ، ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް ކަމަށެވެ.
’’މިކަމުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުން. މިމުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރުއަދާކުރަން.’’ މަހްލޫފް ވިދާޅުވެފަވެއެވެ.
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމާއި ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ރަސްމީ ބަހެއް އަދި ނުބުނެއެވެ.
ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މިހާރު ހަދާފައިވާއިރު، އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުން ވެސް މިކަމާގުޅޭގޮތުން އަދި އެއްޗެއް ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!