އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަަރަކަށް ހުސެއިން ލުވައިޒް ހަމަޖައްސައިފިއެވެ.

އެ މަގާމަށް ލުވައިޒް އައްޔަން ކުރިކަން އެސްޓީއޯ އިން ވަނީ އިއްޔެ އިއުލާނުކޮށްފައެވެ.

Ad
rt

ލުވައިޒް އެލައިޑާ ގުޅިވަޑައިގަތީ 2002 ވަނަ އަހަރުގައެވެ. އޭނާ އެ ކުންފުނީގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން ހުންނެވީ ޖެނެރަލް ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގައެވެ.

ލުވައިޒްއަކީ އިނގިރޭސި ވިލާތުގެ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުޓާއި ނިއުޒިލެންޑްގެ އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފިނޭންސްގެ ސީނިއާ އެސޯސިއޭޓެއްގެ އިތުރުން މެލޭޝިއަން އިންޝުއަރެންސް އިންސްޓިޓިއުޓްގެ އެސޯސިއޭޓެކެވެ.

އެލައިޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ޝަފާޒެވެ.

ސަރުކާރު ބަދަލުވުމާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އެގޮތުން، އެސްޓީއޯއާއި އެ ކުންފުނީގެ އެހެން ބައެއް ސަބްސިޑަރީ ކުންފުނިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.