ދިވެހި ހުދު ގޮނޑު ދޮށުގައި، ސާފު މޫދުގައި ފަތުރުވެރިއަކު މަޑިތަކަކާއެކު ހިތް އުފާކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގެ ޓުވީޓާއަށް ދޫވުމުން އެތައްބައެއްގެ ލޯ އެ ވީޑިއޯއަށް ހުއްޓިއްޖެއެވެ.
އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) އިން މި ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ޓްވީޓް ކުރި މިވީޑިއޯއަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ.
A man floats with stingrays off a beach in the Maldives. https://t.co/KnGYPOtkna pic.twitter.com/9HJ1AeBgCq
— ABC News (@ABC) December 23, 2019
މިވީޑިއޯއިން ފެންނަނީ ފިރިހެނަކު ރާއްޖޭގެ ޗާލު މޫދުގެ ލޮނގުގަނޑުމަތީ އުއްޑުން މަޑުމަޑުން ހަރަކާތް ކުރަން އޮންނަ މަންޒަރެވެ. އޭނާގެ ވަށައިގެންނާއި، ދަށުން މަޑިތައް ކޮޅު ކޮޅަށްދުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މިވީޑިއޯ ނަގާފައިވަނީ ވ. ފުލިދޫ ގޮނޑުދޮށުގައި ކަމަށްވެއެވެ. މުޅި ދުނިޔޭގެ ލޯ އެވީޑިއޯއަކަށް ހުއްޓި، އެތައްބައެއްގެ ހިތް ދަމައިގެންފައިވާ މިވީޑިއޯ ނަގާފައިވަނީ ދިވެހި ޒުވާނެކެވެ.
އޭބީސީގެ މި ފަހަރުގެ ވީޑިއޯ މިހާތަނަށް 47،000 އަށް ވުރެ ގިނަ ފަހަރު ބަލައިފި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!