ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ލީޑަރުކަމަށް ތިން ބޭފުޅަކު ކުރިމަތި ލައިފިއެވެ.

އެމްޑީޕީއިން ބުނީ ހުސްވެފައިވާ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ އޮންނާނެ ކަމަށެވެ.

Ad
rt

މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ، އެ ދުވަހުގެ 14:00 ން 16:00 އަށެވެ. މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި (ގ. ނިއުޝާ / 3ވަނަ ފަންގިފިލާ) ގައެވެ.

މިއިންތިޚާބުގައި ކުރިމަތިލެއްވި މެމްބަރުން (ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުން)

1. މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
2. ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
3. ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ވުމުންނެވެ.