ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ.

Ad
rt

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ރައީސް މުޢިއްޒު މިއަދު އެދިވަޑައިގެންފައިވާއިރު މިއީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ ޕްލޭންގައި ވެރިކަމުގެވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރަން މަސައްކަތް ފެށުމަށް ހިމަނާފައިވާ ކަމެކެވެ.

މީގެ އިތުރުން ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކާވާގޮތައް ހުރި މާއްދާތައް އުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 4 ހަފުތާތެރޭ ފެށުމަށް ވެސް މި ޕްލޭންގައި ހިމަނާފަވެއެވެ.

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބަޔެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ (އިޓްލޮސް) އިން ކޮށްފައިވާ ޙުކުމް އިސްތިއުނާފް ކުރަން ހުށަހެޅުމަކީ ވެސް ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.