އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.
އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މާވިން އާއި ލަމްހާގެ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ ބަންދަށް ލުޔެއް ދޭން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ލަމްހާގެ ވަކީލް ވިދާޅުވީ ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އަދި ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ މުޖްތަމައުއަށް ނުރައްކާ ކުޑަވާނެ ގޮތަށް ލަމްހާ ބަންދުން ދޫކުރެވިދާނެ ކަމަށެވެ. އެގޮތުން ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށް ވަކީލް އެދިވަޑައިގަތެވެ.
ނަމަވެސް ދައުލަތުން ބުނީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.
ރައްދުގައި ލަމްހާގެ ވަކީލް ވިދާޅުވީ މަރުގެ މައްސަލައެއްގައި ދައުވާލިބޭ ބަޔަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ކަމަށެވެ.
މާވިންގެ ވަކީލުން ވިދާޅުވީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާގޮތަށް ކޮންމެ 30 ދުވަހަކުން އެއް ފަހަރު ބަންދު މުރާޖާ ކޮށްފައިނުވާ ކަމަށެވެ. އަދި މީގެކުރިން އެގޮތަށް އަމަލު ނުކޮށް ތިބީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ބުނީ ބަންދަށް ބަދަލު ގެންނަން ޖެހޭތޯ ބެލުމުގައި ކުރިން އަމަލުކުރީ ޕީޖީ އޮފީހުން އަމިއްލައަށް ކަމަށް މުރާޖާކުރާ އުސޫލުން ކަމަށެވެ. ނަމަވެސް މިހާރު ބަންދު މުރާޖާ ކުރަނީ ލިޔުމުން ކޯޓަށް ފޮނުވައިގެން ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ތިން ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އެއީ އައިޖީއެމްއެޗްގެ ނަރުހެއްގެ ހެކިބަހާއި ދެ ފުލުހެއްގެ ހެކިބަހެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައިވެ އެވެ.ޓެގް އެޅުވުމަށްފަހު ލަމްހާ ބަންދުން ދޫކުރަން އެދެފި
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.
އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މާވިން އާއި ލަމްހާގެ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ ބަންދަށް ލުޔެއް ދޭން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ލަމްހާގެ ވަކީލް ވިދާޅުވީ ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އަދި ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ މުޖްތަމައުއަށް ނުރައްކާ ކުޑަވާނެ ގޮތަށް ލަމްހާ ބަންދުން ދޫކުރެވިދާނެ ކަމަށެވެ. އެގޮތުން ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށް ވަކީލް އެދިވަޑައިގަތެވެ.
ނަމަވެސް ދައުލަތުން ބުނީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.
ރައްދުގައި ލަމްހާގެ ވަކީލް ވިދާޅުވީ މަރުގެ މައްސަލައެއްގައި ދައުވާލިބޭ ބަޔަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ކަމަށެވެ.
މާވިންގެ ވަކީލުން ވިދާޅުވީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާގޮތަށް ކޮންމެ 30 ދުވަހަކުން އެއް ފަހަރު ބަންދު މުރާޖާ ކޮށްފައިނުވާ ކަމަށެވެ. އަދި މީގެކުރިން އެގޮތަށް އަމަލު ނުކޮށް ތިބީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ބުނީ ބަންދަށް ބަދަލު ގެންނަން ޖެހޭތޯ ބެލުމުގައި ކުރިން އަމަލުކުރީ ޕީޖީ އޮފީހުން އަމިއްލައަށް ކަމަށް މުރާޖާކުރާ އުސޫލުން ކަމަށެވެ. ނަމަވެސް މިހާރު ބަންދު މުރާޖާ ކުރަނީ ލިޔުމުން ކޯޓަށް ފޮނުވައިގެން ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ތިން ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އެއީ އައިޖީއެމްއެޗްގެ ނަރުހެއްގެ ހެކިބަހާއި ދެ ފުލުހެއްގެ ހެކިބަހެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!