އިންޑިއާގެ ''ނެއިބަހުޑް ފަސްޓް'' ސިޔާސަތުގައި ރާއްޖެ އަކީ ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއް ކަމަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރައްޔިތުންނަށް ފޮނުއްވަމުން މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

Ad
rt

ރައީސް ޞާލިޙަށާއި، ދިވެހި ސަރުކާރަށާއި އަދި ވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، މޯދީ ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ، އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީޚާއި ޘަޤާފަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ކަމަށެވެ.

އިންޑިއާގެ ''ނެއިބަހުޑް ފަސްޓް'' ސިޔާސަތުގައި ރާއްޖެ އަކީ ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއް ކަމަށާއި، މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު ގާއިމުކޮށް ދިނުމުގައި ވެސް ރާއްޖެއަކީ އިސް ދައުރެއް އަދާކުރާ ޤައުމެއް ކަމުގައި މޯދީގެ މެސެޖުގައި ވިދާޅުވެފަ ވެއެވެ.

މޯދީ ވިދާޅުވެފައިވާ ގޮތުގައި، ދެ ޤައުމުގެ ރައްޔިތުންގެ އިޖުތިމާއީ، އިޤްތިޞާދީ ކުރިއެރުމަށްޓަކައި، ދިވެހިރާއްޖެއާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ.

''ހަމައެހެންމެ، ކުރިއަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާާޓްނަޝިޕް އިތުރު ހަރުފަތަކަށް ކުރިއަށް އަރާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް'' ވެސް މޯދީ ވަނީ ވަނީ ވިދާޅުވެފައެވެ.