އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ކޮމިޓީ އޮން ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސްގެ ޗެއާގެ މަގާމަށް ރާއްޖޭގެ، ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖީހާން މަހްމޫދު އައްޔަނުކޮށްފިއެވެ.

އައިޕީޔޫގެ ހިއުމަން ރައިޓްސްގެ ޗެއާކަން ރާއްޖެއަށް ލިބުނުއިރު، މިކޮމެޓީގެ ޗެއާގެ މަގާމުގެ މުއްދަތު ހަމަވާނީ 2025 ގެ ނިޔަލަށެވެ.

Ad
rt

އައިޕީޔޫއަކީ ދުނިޔޭގެ ޕާލަމެންޓް/ރައްޔިތުންގެ މަޖިލިސްތަކުގެ މައި ޖަމިއްޔާއެވެ. 1889 ވަނަ އަހަރު އުފެދު މި ޖަމިއްޔާގައި 180 މެންބަރު ޤައުމާއި 15 އެ ސޯސިއޭޓް މެންބަރު ޤައުމު ހިމެނެއެވެ.

މެންބަރު ޖީހާން ޗެއާ ކަަމަށް އައްޔަނުކުރި އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމެޓީ އާއި ގުޅޭގޮތުން އެ ޖަމާއަތުން ބުނެފައި ވަނީ އެ ކޮމެޓީން މަސައްކަތް ކުރާނީ ހުރިހާ އެންމެންނަށް މުޖުތަމައުގެ ތެރެއިން ހައްގުތަށް ކަށަވަރުކޮށްދިނުމަށެވެ. އަދި އެ ކޮމިޓީއިން ބަލަމުންދާނީ މިހާރު ހުރި އަދި އުފެދެމުންދާ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތައް ކަމަށެވެ.

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމެޓީ އަކަށް އައްޔަނުކުރި ޖީހާން އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޗެއާ ވެސް މެއެވެ.

ޖީހާން އެ މަގާމަށް އައްޔަނު ކުރުމުން މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ޖީހާނަށް ބައެއް މެންބަރުން މަރުޙަބާ ކިޔުއްވާފައިވާއިރު، މަރުޙަބާގެ މެސެޖުތަކާއި ގުޅުވައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ''ހުރިހާ ތަނަކުން އެމްޑީޕީ މީހުން ވަކިކޮށް ބޭރު ގައުމަކަށް ނޭރޭވަރު ކުރާނަން'' ކަމަށް ވިދާޅުވެ އެ ގްރޫޕަށް މެސެޖު ކުރައްވާފައެވެ.