އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްގައި މިއަދު ފަށައިފިއެވެ.

މިޚިދުމަތް ދޭން ފަށާފައިވަނީ އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްގައެވެ. މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެކެވެ.

Ad
rt

ފަސް އަހަރުގެ މެދުކެނޑުމަށް ފަހު އައިޖީއެމްއެޗް އިން ވަނީ 16 ޑިސެމްބަރު 2019 އިން ފެށިގެން ގޮހޮރު ބަލިތަކުގެ ޚާއްސަ ޑަކްޓަރެއްގެ ޚިދުމަތްވެސް ފަށަފާފައެވެ.

އަދި އެހޮސްޕިޓަލުން 12 ޑިސެމްބަރު 2019 އިން ފެށިގެންވަނީ ‏ފަސޭހަކަމާއިއެކީ ލެބްރިޕޯޓު ނެގޭނެގޮތް ހެދުމަށް، އެހޮސްޕިޓަލްގެ ވެބްސައިޓްގައި އައި.ޑީ ކާޑު ނަމްބަރު ޖައްސަވާ ލޮގްއިން ކުރުމުން، ލެބް ރިޕޯރޓް ބެލޭނޭ އިންތިޒާމް ހަމަޖައްސައިދީފައެވެ.

މިބަދަލުގެ ދަށުން ރިޕޯރޓް ތައްޔާރުވުމުން ފޯނަށް ފޮނުވާ އެސްއެމްއެސް މެދުވެރިކޮށް ރިޕޯރޓް ނިމުނުކަން އަންގައިދީ، އީމެއިލް އިން ނުވަތަ ވެބްސައިޓް އިން ރިޕޯރޓް ޑައުންލޯޑް ކުރެވޭގޮތް ވަނީ ހަމަޖައްސާފައެވެ.

އައިޖީއެމްއެޗްގެ ޚިދުމަތްތަކަށް ޒަމާނީ ހެޔޮ ބަދަލު ގެންނަމުން ދާއިރު، ސަރުކާރުގެ ބޭސްފަރުވާގެ ނިޒާމުގެ ދަށުން ކަވަރު ކުރެވޭ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ހޮސްޕިޓަލަކަށް އެހޮސްޕިޓަލް ވެފައިވުމުން އެހޮސްޕިޓަލަށް ދާ ބަލިމީހުންގެ އަދަދު އެހެން ހޮސްޕިޓަލްތަކާ އަޅާ ބަލާއިރު އެތައް ގުނައެއް އިތުރެވެ. އެހެން ކަމުން ޚިދުމަތް ލިބިގަތުމަށް އަންނަ ލަސްކަން ހައްލުކުރައްވަން ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.