އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭން ނަގައިގެން ޓީވީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 10 އިން ފެށިގެން އަންނަ މަހުގެ 10 އާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އަޔާދީގެ ހޯމް ކޮންޓެންޓް ޕްލޭންތަކުގެ ތެރެއިން ޕްލޭނެއް ނަގާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެއެވެ.

Ad
rt

އަޔާދީން ހޯމް ކޮންޓެންޓްގެ 3 ޕްލޭނެއް ވަނީ ތަައާރަފުކޮށްފައެވެ. އެއީ ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނާއި އަހަރެންގެ ހިޔާ ޕްލޭނާއި ހިޔަވާހި ޕްލޭނެވެ.

މި ހުރިހާ ޕްލޭނަކީވެސް ކުޑަ އަގެއްގައި ނަގާލެވޭ ޕްލޭންތަކެކެވެ. އަދި މި ޕްލޭންތައް ފަސޭހަކަމާއެކު އެލައިޑް އެޕް ބޭނުންކޮށްގެން އޮންލައިންކޮށް ވެސް ނަގާލެވޭނެއެވެ.

މި ޕްލޭންތައް ނެގުމުގެ އިތުރުން އެލައިޑުގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓު ޝެއާކޮށް އެލައިޑް ޓެގް ކުރުމަކީވެސް ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ޝަރުތެކެވެ.

މި ޕްރޮމޯޝަނުގައި ހޮވޭ ފަރާތަކަށް އެލައިޑުން ވަނީ 50 އިންޗީގެ ސްމާޓް ޓީވީއެއް ހުށަހަޅައިފައެވެ.