ފިރިހެނަކާއި ތިން ކުޑަކުދިންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ އެވެ.

ޑިންގީ ފެނިފައިވަނީ ހިމިތިއާ ދިމާލު ބޭރުންނެވެ. އަދި އޭގާ ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައި އެވެ.

Ad
rt

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެ އުޅަނދު ލޮކޭޓް ކުރެވިފައިވާ ކަމަށެވެ.

ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓުގާޑް އިން ހޯދަމުންދިޔަ ޑިންގީ މިރޭ 20:00 ހާއިރު ފެނިއްޖެ. ޑިންގީ ފެނިފައި ވަނީ ފ .ހިމިތި ގެ ހުޅަންގުން 7 މޭލު ބޭރުގައި ވަނިކޮށް. އެމްއެންޑީއެފް ކޯސްޓްގާޑުގެ ގެ އެހީތެރިކަމާ އެކު މިހާރު މިޑިންގީ އައްނަނީ ފ. ފީއަލި އަށް ދަތުރުކުރަމުން

އެމްއެންޑީއެފް އިން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައި ވެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 16:53 ހާއިރުއެވެ. ޑިންގީގައި ތިބި ކުޑަ ކުދިން އުމުރުތަކަކީ 09، 11 އަދި 13 އަހަރެވެ.