ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާއި ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކުރި މީހާ އެ ކުށަށް އިއުތިރާފްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ފުލުހުންގެ ވެރިޔާ، ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށާއި މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފޮރެންސިކް ހެކިތަކުގެ އެހީ ލިބިގެންދިޔަ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެގޮތުން މި ކުށުގެ އަމަލު ހިންގި އިރު އޭނާ ލައިގެން ހުރި ހެދުން ވެސް ހޯދިފައިވާ ކަމަށާއި މިކަމާ ގުޅޭގޮތުން އަންނަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

“ފުލުހުން ރޭ ހައްޔަރު ކުރީ ގާސިމްގެ ގާތިލް، މި ކޭސް ސޯލްވު ކުރުމުގައި ފޮރެންސިކް ހެއްކިތައް މުހިންމު ދައުރެއް ކުޅުނު”

ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 59 އަހަރުގެ ގާސިމުގެ މަރުގެ މައްސަލާގައި ފުލުހުން މީގެކުރިން ވަނީ ގާސިމް މަރުވެފައި އޮތް ސަރަހައްދުން ފޮރެންސިކް ހެކިތަކެއް ހޯދާފައެވެ. އޭގެތެރޭގައި ފިންގަރ ޕްރިންޓާއި ޑީއެންއޭ ހިމެނެއެވެ. އަދި ގާސިމް އަށް ހަމަލާދިނުމަށް ބޭނުންކުރި ހަތިޔާރު ވެސް ފުލުހުން ވަނީ ހޯދާފައެވެ.