ސިނަމާލެ ބްރިޖް ކައިރީގައި ވެހިކަލްތަކެއް މުޑިއަރައި، ނުރައްކާތެރި ޢެކްސިޑެންޓެއް ހިނގައިފިއެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖުން ފައިބާ ހިސާބު ބޮޑުތަކުރުފާނު މަގުގަ އެވެ.
އެކްސިޑެންޓު ވެފައިވަނީ އަމިއްލަ 2 ކާރާއި ޓެކްސީއަކާއި އަދި ސައިކަލެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ޕްރައިވެޓް އެެއް ކާރަކީ އެއާޕޯޓުން މީހުން ނަގައިގެން މުދާ ބަރުކޮށްގެން މާލެ އައި ކާރެކެވެ. އެކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށް ވެއެވެ. އެކާރުގައި ތިން މީހަކު ތިބި އިރު އަންހެނަކާއި ކުޑަކުއްޖަކުވެސް ހިމެނެއެވެ.
މި އެކްސިޑެންޓުގައި ދެން ގެއްލުންވީ ހުދު ކުލައިގެ ޕްރައިވެޓް ޖިޕަކަށެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ހުދު ކުލައިގެ ޖިޕު ބާރު ސްޕީޑުގައި އައިސް ޕްރައިވެޓް ކާރުގައި ޖެހިގެންނެވެ. އެއާއެކު އެ ކާރު ގޮސް ކައިރީގައި އޮތް ޓެކްސީއެއްގައި ޖެހުނީ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތުލިބިގައި ނުވާއިރު، އޯވަ ސްޕީޑުގައި އައިސް ޕްރައިވެޓު ކާރުގައި ޖެހުނު ޖިޕު ދުއްވަން އިން މީހާއާއި ޢެ ޖިޕުގައި ދެން ތިބި މީހުންވެސް ވަނީ ފިލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!