އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މި މުބާރާތުގެ އިވެންޓުތައް މިއަދު ފެށިނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރެއެވެ.
އިވެންޓުތައް ފެށުމުގެ ކުރިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ.
މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ.
ކުޅުދުއްފުށި ސިޓީގައި ބާއްވާ މިމުބާރާތުގައި 35 ސްކޫލަކުން ވާދަ ކުރާއިރު، 1124 އެތުލީޓުން ވާދަ ކުރެއެވެ. މި މުބާރާތުގައި ވާދަކުރަނީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.
މި މުބާރާތް ކުރިއަށް ދާނީ މި އޮކްޓޯބަރު މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެތްލެޓިކްސް އެސޯސިއޭޝަނުން ވިދާޅުވީ މުބާރާތް ނިންމުމަށް ވެސް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!