މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގެ މަގުތައް ސާފުކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2023 އެސިޓީގައި ބޭއްވުމަށް ނިންމާފައިވާތީ ހިންގި ހަރަކާތެއް ކަމަށެވެ. އަދި މި މަގުތައް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެ ސިޓީގެ މުއައްސަސާތައް ގުޅިގެން ކަމަށެވެ.
މި ހަރަކާތް ރާވާ ހިންގައި ދެއްވިކަމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވި ހުރިހާ މުއައްސަސާއަކަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އިހުލާސްތެރިކަމާއިއެކު ޝުކުރުދަންނަވާފައެވެ.
މި އަހަރުގެ ނޭޝަނަލް ޖޫނިޔާ އެތްލެޓިކްސް ޗެމްޕިއަންޝިޕް އެ ސިޓީގައި ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެސިޓީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު ވެސް މީގެ ކުރިން އެ ކައުންސިލުން ވަނީ އެއްކޮށްފައެވެ.
Ad
rt