ބީއެމްއެލް އިންޓަސްކޫލް ސްވިމިން ކޮމްޕެޓިޝަން (ސްކޫލްތަކުގެ ފެތުމުގެ މުބާރާތް) ފަށައިފިއެވެ.
މިއަދު ފެށި މި މި މުބާރާތަކީ 19 ވަނަ ސްކޫލްތަކުގެ ފެތުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 500އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވާ ފެތުންތެރިންނަށް ބީއެމްއެލުން ވަނީ ކާމިޔާބީއަށް އެދިފައެވެ.
މި މުބާރާތް ބީއެމްއެލުން ކުރިއަށްގެންދަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.
ބީއެމްއެލުން ވަނީ އިއްޔެ ކުޑަކުދިންނަށް ހާއްސަކޮށްގެން ފެތުމުގެ ފެސްޓިވަލެއްވެސް ކުރިއަށްގެންގޮސްފައެވެ. މިއީ ކުޑަކުދިންނަށް ފެތުން ދަސްކޮށްދިނުމުގެ ބޭނުމުގައި ހިންގާ ފެސްޓިވަލެކެވެ.
ބީއެމްއެލުން އަންނަނީ ކުޅިވަރުގެ އެކި ދާއިރާތަކުން ރާއްޖޭގެ އެތުލީޓުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!