ފައިސާ ހޯދުމަށްޓަކައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުން އަންނަކަމަށެވެ. މިފަދަ މެސެޖު ލިބުނަސް، މެސެޖުގައި ވާ ލިންކަށް ނުފިއްތުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ސްކޭމް މެސެޖުތަކާއި ކޯލުތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ދާދިފަހުން ޕޯސްޓުގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ނަމުގަޔާއި ބީއެމްއެލްގެ ނަމުގައި ވެސް ސްކޭމް މެސެޖުތައް ފަތުރަމުންދާކަން ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މި ފަދަ މެސެޖުތަކާއި ކޯލުތަކަށް ހެއްލި ބައެއް ފަހަރު މީހުންނަށް މާލީގޮތުން ގެއްލުން ވަނީ ލިބިފައެވެ.
މިފަދަ ގޮތްނޭނގޭ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!