އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި އެމެރިކާގެ މަޖިލީހުގެ ތިރީ ގެއިން މިއަދު ފާސްކޮށްފި އެވެ.
ޓްރަމްޕް އަޒުލުކުރުމަށްޓަކައި ވޯޓު ލާފައިވަނީ އެތައް ދުވަހެއްގެ އަޑުއެހުންތަކަކަށްފަހުގަ އެވެ. ޑިމޮކްރަޓިކުންގެ އަގުލަބިއްޔަތު އޮންނަ ތިރިގެއިން ޓްރަމްޕް ރައީސް ކަމުން އަޒުލް ކުރުމަށް ފާސްކުރީ ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގަ އާއި ގާނޫނު ހަދާ މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުއްވި ކަމަށް ސާބިތުވާ ކަމަށް ބޮޑު އަގުލަބިއްޔަތަކުން ފާސްވުމުން އެވެ.
ޓްރަމްޕް މަގާމުން ދުރުކުރަން ކޮންގްރެސްގައި ދެ ވޯޓެއް ނެގިއެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުން ޓްރަމްޕް ކުށްވެރިވޭތޯ ބެލުމަށާއި ކޮންގްރެސްގެ މަސައްކަތައް ހުރަސް އެޅިތޯ ބަލަން ނެގި ވޯޓެވެ.
ބާރުގެ ބޭނުން ނަހަމަގޮތުގައި ޓްރަމްޕް ހިފިކަމަށް 230 މެންބަރުން ވޯޓް ދިންއިރު އެކަމާއި ދެކޮޅަށް 197 މެންބަރުން ވޯޓް ދިނެވެ. ޓްރަމްޕް ކޮންގްރެސްގެ މަސައްކަތައް ހުރަސްއެޅިކަމަށް 229 މެންބަރުން ވޯޓް ދިންއިރު އެކަމާއި ދެމޮޅަށް 198 މެންބަރުން ވޯޓް ދިނެވެ.
ކޮންގްރެސްގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ދެ މެންބަރަކު ވަނީ ވިޕް ލައިނާއި ހިލާފުވެ، ޓްރަމްޕް އާއި އެއްކޮޅަށް ވޯޓް ދީފައެވެ.
ކޮންގްރެސްގެ ނިންމުމާއި އެކު ދެން އޮންނާނީ ކޮންގްރެސްގެ ނިންމުން ރަނގަޅުތޯ ބެލުމަށް ސެނެޓުން ތަޙްޤީޤު ކުރިއަށް ގެންދިއުމެވެ. ސެނެޓްގެ އަޣުލަބިއްޔަތު އޮތީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއަށެވެ.
މި ނިންމުމަށް އަމަލީ ސިފައެއް އަންނާނީ ނުވަތަ ޓްރަމްޕަށް ރައީސް ކަމުގެ މަގާމު ގެއްލޭނީ ސެނެޓުން މި ހުށަހެޅުން ފާސްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!