މާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ފުލުހުން ވަނީ އޭނާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ގެއްލިގެން ހޯދާ ޒުވާނާ އަކީ، އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން އެވެ.
''ރިޝާންގެ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 15 ވަނަ ދުވަހު ރިޕޯޓުކޮށް ފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން.'' ފުލުހުން ވިދާޅުވެފަވެއެވެ.
އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ޢަލީ ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!