އދ ކުނބުރުދޫ ކައުންސިލުގެ މެމްބަރު ޒުލައިހާ ޝިމާނާ، ރަސްމިީކޮށް އަދާލަތު ޕާޓީ އާ ގުޅިވަޑައިގެންފިއެވެ.

އަމިއްލަގޮތުން އެރަށު ކައުންސިލަށް އިންތިހާބުވެފައިވާ ޝިމާނާ އެ ޕާޓީ އާ ރަސްމީކޮށް ގުޅިފައިވާކަން ހާމަކުރައްވާފައިވަނީ އަދާލަތު ޕާޓީން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓުގައި ވިދާޅުވެފައިވަނީ އަރި އަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލް މެންބަރ އަލްފާޟިލާ ޒުލައިޚާ ޝިމާނާ ޢަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި ކަމަށާއި ޝިމާނާއަކީ އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާ އާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކުނބުރުދޫގެ ޒުވާން އަންހެން ބޭފުޅެއް ކަމަށެވެ.

ޝިމާނާ ރަސްމީކޮށް އަދާލަތު ޕާޓީ އާ ގުޅުމުގެ ކުރިން ވެސް ސިޔާސީ ކަންކަމުގެ ތެރޭގައި އުޅެމުން އައީ އެ ޕާޓީގެ ތެރެއިންނެވެ.

އޭނާ ވިދާޅުވެފައިވަނީ ރަސްމީކޮށް އަދާލަތު ޕާޓީ އާ ގުޅުމަށް ނިންމީ ތައުލީމީ ކަންކަމާއި ދީނީ ކަންކަމަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް ކުރެވެމުންދާ މަސައްކަތްތަކަށް ފަސޭހަ މަގެއް ކަމުގައިވާތީއެވެ.

ޝިމާނާ ވަނީ ކައުންސިލުގެ ތެރެއިން ވެސް ދީނީ ދަރުސް ފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް އެ ޕާޓީން ލިބިލައްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.