ދިވެހި ރައްޔިތުންގެ (އެމްޑީޕީ) ގެ ރިޔާސީ ދެވަނަ ދައުރެއްގައި ސިނަމާލެ ބުރިޖަށް ދެ ލޭން އިތުރުކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނައިފިއެވެ.

އެކަމް ހާމަކުރީ ކާނިވާ ސަރަހައްދުގައި އެ ޕާޓީން ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ.

Ad
rt

"އުފާވެރި މާލެ" ނަމުގައި އެ ޕާޓީ އާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭ ގެ އިސްވފަރާތްތަކާއި ގިނަބައެއް ބައިވެރިވި މި ޖަލްސާގައި ލޯންޗުކޮށްފައިވަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް ހަމަޖެހުން ގެނައުމުގެ ސިޔާސަތެކެވެ. އަދި ކާރޫބާރު ކުޑަކޮށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވެސް މާލޭގެ ތަސައްވުރުގައި ވަނީ ހިމަނާފައެވެ.

އެގޮތުން މާލޭގެ މަގުތަކުގެ ކާރޫބާރު ކުޑަކުރުމުގެ ގޮތުން ވަނީ ސިނަމާލެ ބްރިޖަށް އިތުރު ދެ ލޭން އިތުރުކުރުމަށާއި ރޭލް ހިދުމަތް ތަޢާރަފްކުރުން ހިމްނާފައިވަނީ މާލެއާއި ހުޅުލެ ހުޅުމާލޭގެ އިތުރުން ވިލިމާލެއާއި ތިލަފުށި ގުޅީފަޅު އަދި ގިރާވަރުފަޅު ހިމެނޭގޮތަށެވެ.

މީގެ އިތުރުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތައާރަފުކުރުމާއި ސްކޫލް ބަސް ތައާރަފްކުރުމާއި ދުވަސްވީ ވެހިކަލްތައް މަދުކޮށް ހަތަރު ފުރޮޅުލީ އުޅަނދަށް ހާއްސަ ޕާކިން ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.

މި ޖަލްސާގައި އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސާލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ދެެއްކެވި ވާހަކައިގާ ވިދާޅުވީ އެ ޕާޓީ އުފެދިގެން އައީ ރާއްޖެ ބަދަލު ކުރަން ކަމަށާެި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދީ ރައްޔިތުންނަށް އުފާވެރިކަމާއި އަމާންކަން ހޯދައިދިނުމަށް ކަމަށެވެ.

ހަމަމިއާއެކު އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ ތަރައްގީގެ މަސައްކަތްތަކާއި ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުމަށް ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.